ads
ލަންކާގައި ކާށީގެ ދަތިކަން ކުރިމަތިވެ މިނިސްޓަރު ރުކުގައި ޕްރެސެއް ދީފި
ކާށީގެ ދަތިކަން ކުރިމަތިވެ ސްރީލަންކާގެ ކާށި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަރުންދިކާ ފަނެންޑޯ، ރުކަކަށް އަރާއި ދިން ނޫސްވެރިންގެ ބައްދަލުވުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި ކާށީގެ ޑިމާންޑް އުފުލިފައިވާ މިދަނޑިވަޅުގައި އެގައުމުގައި ވަނީ 700 މިލިއަން ކާށީގެ ޝޯޓޭޖެއް ކުރިމަތިވެފަ އެވެ. 

ރުކެއްގެ މެދަށް ވުރެ ތިރީގައި އިނދެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައި ވަނީ ލިބެން ހުރި ބިންތަކުގައި ރުއް އިންދާ، އެ މަސައްކަތް އިތުރަށް ފުޅާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރުއް އެޅުމުގައި އުޅޭ ފަރާތްތަކަށް ކޮންމެ ރުކަކުން ވެސް 100 ރުޕީސް ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.  

ރުކުގައި ނޫސްވެރިންނަށް ބައްދަލުކުރެއްވުމުގެ ތެރެއިން ސްޓޭޓް މިނިސްޓަރު ވަނީ ރުކުން ކާށިވެސް އަޅާފަ އެވެ. އެހާ ތަފާތު ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދިއުމުން ގިނަ ބައެއްގެ ސަމާލުކަން ވެސް ސްޓޭޓް މިނިސްޓަރު، އަރުންދިކާއަށް ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް