ads
އެޓާނީ ޖެނަރަލް އޮފީސް (އޭޖީ)-- ފުޓޯ: އޭޖީ އޮފީސް
އެމްއެންޔޫގެ ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އޭޖީ އޮފީހާ ގުޅޭ މައުލޫމާތުދީފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އެޓާނީ ޖެނަރަލް އޮފީސް (އޭޖީ) އާ ގުޅޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބާއްވައިފި އެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޝަރިއާ އެންޑް ލޯ ކޯހުގެ ހަތަރު ވަނަ އަހަރުގެ ދަރިވަރުންނަށް ހިންގާ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅޭ މައުލޫމާތު އޭޖީ އޮފީހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އޭޖީ އޮފީހުގެ މެންޑޭޓާއި ލީގަލް ޑިވިޒަންތަކާ ގުޅޭގޮތުން އެމްއެންޔޫގެ ދަރިވަރުންނަށް ސެޝަން، ނަންގަވައި ދެއްވީ އެޓާނީ ޖެނަރަލް އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީ ޢަނާން އަހްމަދު ރަޝީދު އެވެ. އެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ގޫގުލް މީޓް މެދުވެރިކޮށް އޮންލައިކޮށެވެ.

އެމްއެންޔޫގައި ގާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އޭޖީ އޮފީހުން ސެޝަނެއް ކުރިއަށް ގެންދިޔައިރު ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ގެނުނާ ފުރަތަމަ އިސްލާހާއި ގުޅިގެން އެކުލަވައިލެވޭ ހާއްސަ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ވެސް އެ އޮފީހުން ވަނީ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް