ads
އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކުރި ނިއުރޯސާޖަރީ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ކޮށްފި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، އިއްޔެ އައްޑޫގައި އުމުރުން 62 އަހަރުގެ މީހެއްގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ އުޅިފައިވާތީ އެ މީހާގެ ހާލު ސީރިއަސްވެ، އޭނާއަށް ފަރުވާ ދޭން ޖެހުމުން އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖިރީ ޓީމުގެ އެހީއަކަށް އިއްޔެ 18:00 އެހާކަށްހާއިރު އެދިފައިވާ ކަމަށެވެ.

އޭޑީކޭއިން ބުނީ ބޮލުގެ ނާށިގަނޑުގެ ތެރެއަށް ލޭ އެޅިފައި ހުރުމާއި އަދި އޭނާގެ ހާލު އިތުރަށް ސީރިއަސްވެދާނެތީ މާލެއަށް ގެންގޮސްގެން ފަރުވާ ދިނުމަކީ އެންމެ ރައްކާތެރި ގޮތަށް ނުވާތީ އޮޕަރޭޝަންއަށް ބޭނުންވާ ސާމާނާއެކު ޑޮކްޓަރުންގެ ޓީމެއް ރޭ 21:50 އެހާކަންހާއިރު އައްޑޫއަށް ފޮނުވީކަމަށެވެ. އޭޑީކޭގެ ޓީމު އައްޑޫއަށް ގޮސް އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އޮޕަރޭޝަން ފެށީ އެ ރޭ 23:45 އެހާކަންހާއިރު ކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.

your imageބޮލަށް ލިބުނު ގެއްލުމުގައި އެމީހާގެ ބޮލުގެ ނާށިގަނޑު އެތެރެއަށް ވަނީ ލޭ އެޅިފައި

އެ ޓީމުގައި ތަޖުރިބާކާރު ނިއުރޯސާޖަން ޑރ. އަލީ ނިޔާފާއި، ކްރިޓިކަލް ކެއާ މެޑިކަލް އޮފިސަރު ޑރ. އަދީލް ޝަރީފާއި، ނިއުރޯސާޖާރީ ސްކްރަބް ނަރުސް ޝައްމޫނާ އަލީ ހިމެނޭކަމަށާއި އެ އޮޕަރޭޝަނުގައި ޑޮކްޓަރުން ވަނީ ޑީކޮމްޕްރެސިވް ކްރޭނިއެކްޓޮމީ (ސިކުނޑި ދުޅަވެ، އިތުރު ގެއްލުން ވިޔަނުދިނުމަށް ނާށިގަނޑުން ބައެއް ނައްޓާ) ނާށިގަނޑު ތެރޭގައި ހުރި ލޭ ކާމިޔާބުކަމާއެކު ނަގާފަކަމަށްވެސް އޭޑީކޭއިން މައުލޫމާތު ދެއެވެ.

އައްޑޫގައި ކުރެވުނު ކާމިޔާބު އެ އޮޕަރޭޝަންއަށްފަހު އެ މީހާ ވަނީ މިއަދު ފަތިހު 4:45 ގައި އިތުރުފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމަށް މާލެ ފޮނުވާފައިކަމަށް އޭޑިކޭއިން މައުލޫމާތު ދެއެވެ. އޮޕަރޭޝަންއަށްފަހު އެ މީހާގެ ހާލު ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށްވެސް އޭޑީކޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް