ads
ޑަބްލިއުއެފްޕީ
މުއްސަދިންގެ އެހީތެރިކަމަށް ޑަބްލިއުއެފްޕީއިން އެދެފި
ހަމަނުޖެހުމާއި، ކޯވިޑް-19ގެ ސަބަބުން އެތައް މިލިއަން މީހުން ބަނޑަށްޖެހުން އެކަށީގެންވާކަމަށް ލަފާކޮށް ދުނިޔޭގެ މުއްސަނދިންގެ އެހީތެރިކަމަށް ވޯލްޑް ފުޑް ޕްރޮގުރާމް (ޑަބްލިއުއެފްޕީ) އިން އެދެފި އެވެ.


އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ޑަބްލިއުއެފްޕީގެ އިސްވެރިޔާ، ޑޭވިޑް ބީޒްލީ ވިދާޅުވީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން 36 ގައުމެއްގައި ގިނަ އަދަދެއްގެ މީހުން ބަނޑަށް ޖެހުން އެކަށީގެންވާކަމަށާއި ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަހައްދުތަކުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށެވެ.

އެމެރިކާގެ އެންމެ މުއްސަންދި މަހުޖަނުންނަށް ބަލިމަޑުކަމުގެ ތެރޭގައިވެސް އެތައް ބިލިއަން ޑޮލަރެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވުމުން ފޯރާ ގައުމުތަކުން އިސްނަގައި އެންމެ ނުފޯރާ ގައުމުތަކަށް އެހީތެރިވެދެއްވުމަށް އޭނާ އެދިފައިވެއެވެ.

ރިޕަބްލިކް އޮފް ކޮންގޯގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައްވެސް އިތުރުވެފައިވާކަމަށާއި އޭގެ ސަބަބުން އެ ގައުމުގެ 15.5 މިލިއަން މީހުން ބަނޑަށް ޖެހުމުގެ ނުރައްކާ އޮތްކަމަށް ބީޒްލީ ވިދާޅުވިއެވެ. އަދި ބްލިއުއެފްޕީއިން ސުންނާފަތިވެފައިވާ ޔަމަނަށް ވަމުންދިޔަ އެހީތެރިކަން ކުޑަކުރަން މަޖުބޫރުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަން ޖެހިފައިވަނީ  ކާބޯތަކެތި ފޯރުކޮށްދިނުމަށް މާލީ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ނުލިބުމުގެ ސަބަބުންކަން ބީޒްލީ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް