ads
ހޯޑެއްދޫ އަދި މަޑަވެލި-- ޔޫޓިއުބް
ހޯޑެއްދޫއިން އިތުރު 21 މީހަކު ބަލިން ރަނގަޅުވެއްޖެ
ހޯޑެއްދޫން އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 21 މީހަކު އިއްޔެ ބަލިން ރަނގަޅު ވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ހޯޑެއްދޫއިން މިހާތަނަށް ޖުމުލަ 44 ކޭސް ފެނިފަވާކަމަށާއި އަދި އޭގެ ތެރެއިން މިހާތަނަށް 25 މީހުންވަނީ ބަލިން ރަނގަޅުވެފަ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް 21 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލިން އިއްޔެ 21 މީހުން ރަނގަޅު ވުމާއިއެކު މިވަގުތު ހޯޑެއްދޫގައި ތިބީ ޖުމުލަ 19 އެކްޓިވް ކޭސް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ 17 ސެޕްޓެމްބަރުގެ ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވިނަމަވެސް އިތުރު ކޮންޓެކްޓުން އާއި ބަލީގެ އަލާމަތްތަށް ފެންނަ މީހުން ޓެސްޓް ކުރުމުގެ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 230 ކޮންޓެކްޓުން ފެނިފައިވާ ކަމަށާއި އަދި އެމީހުން މިހާރުވަނީ ކަރަންޓީން ކުރެވިފައި ކަަމަށްވެސް ވިދާޅުވިއެވެ. 

ކޮންޓެކްޓް ޓްރޭސިންގެ ދަށުން ނެގިފައިވާ އިތުރު ފަސް ސާމްޕަލް މިހާރު މާލެ ގެނެވި ޓެސްޓް ކުރެވިފައިވާ ކަމަށާއި އެހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މަޑަވެލިންވެސް އިތުރު ޕޮޒެޓިވް ކޭސް އެއް ފެނިފައި ނުވާ ކަމަށާއި އެހެންނަމަވެސް ރެންޑަމް ސާމްޕަލްތަށް ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދެވި އިތުުރު 61 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

 ރާއްޖެއިން މިއަދު  އިތުރު 81 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 9649 އަށް އާރަފައެވެ. އަދި މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދަކީ 8188 އެވެ.

މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 1422 މީހުންތިބިއިރު ރާއްޖެއިން މިހާތަނަށް 33 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް