ads
ޑރ. ޝަހީދު--
ހާލަތު ދަނީ މަޑުމަޑުން ރަނގަޅުވަމުން، ފަރުވާ ކުޑަ ނުކުރައްވާ: ޑރ ޝަހީދު
ހާލަތުދަނީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި އެހެންނަމަވެސް ފަރުވާ ކުޑަނުކޮށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު ހުރިހާ އެންމެންވެސް ކުރިއަށް ދިއުމަށް ޑރ. ޝަހީދު އިލްތިމާސްކުރައްވައިފި އެވެ

އެޕްޑަމިކް މޮނިޓަރިންގައި ބަލާފައިވާ މިދިޔަ ހަފްތާގެ ހާލަތު މޮނިޓާކުރާ ސްކޯތައް މީޑިއާއާއި ހިއްސާކުރަމުން ޑރ ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު މަޑުމަޑުންދަނީ ކޮންޓްރޯލް ކުރެވެމުންކަމަށެވެ. 

އެގޮތުން ކްލަސްޓާތަކާއި ގުޅުމެއްނެތި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ މިދިޔަ ތިން ހަފްތާތެރޭގައި އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. އެގޮތުން އެއަދަދު ވަނީ 30 އިންސައްތައާއި 35 އިންސައްތައާއި ދެމެދު ހިފެހެއްޓިފައިކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. 

އަދި ޑަބްލް ޓައިމިން ނުވަތަ ކޮވިޑް ގައި ޕޮޒެޓިވްވާ މީހުންގެ އަދަދު ދެގުނަވާން ނަގާ މުއްދަތުވެސް ވަނީ މައްޗަށް ޖެހިލާފަކަމަށާއި އެއަދަދު މަތިވުމަކީ ރަނގަޅު ބަދަލެއްގެ ގޮތުގައި ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.

“ކޮވިޑް-19 ގައި ޕޮޒިޓިވް މީހުންގެ އަދަދު ދެގުނަވާން ނަގާ މުއްދަތު މަތިވި ވަރަކަށް އެއީ ރަނގަޅު ބަދަލެއްކަމަށް ބެލެވޭނީ. ކޭސަސްތައް ވަރަށް ބާރަށް ފެތުރެމުންދާކަމަށް ވަންޏާ ޕޮޒެޓިވެފައިވާ މީހުންގެ އަދަދު ދެގުނަވާން ނަގާ ވަގުތު ކުރުވަމުންދާނީ . ނަމަވެސް އޮގަސްޓް މަހާއި އަޅާބަލާއިރު މިހާރު މި އަދަދު މިވަނީ މަތިވާން ފަށާފަ އޭގެ މާނައަކީ ޕޮޒިޓިވްވާ މީހުންގެ އަދަދު ނުވަތަ އެ ސްޕީޑް ތަންކޮޅޭއް މަޑުޖެހިފައޭ މިވަނީ”

ޑރ. ޝަހީދު ވިދާޅުވި އެވެ

އޮގަސްޓް މަހުގައި މިއަދަދު ގާތްގަޑަކަށް 30 ދުވަސް ޑަބްލިން ޓައިމްގައި ހުރިނަމަވެސް މިހާރު އެ އަދަދުވަނީ 50-70 ދެމެދުގައެވެ.

ހަފްތާގެ ޓޯޓަލް ސްކޯއަށް ބަލާއިރު އޮގަސްޓް މަހުގައި މިއަދަދުތަށް ވަނީ ވަރަށް މަށްޗަށް އަރާފައެވެ. އެގޮތުން އޮގަސްޓް މަހުގެ ކުރީކޮޅު ޓޯޓަލް ސްކޯ ނުވަ އެއްގައި ހުރިއިރު އެ މަހުގެ މެދުތެރެއިންވެސް އެ އަދަދު ބަދަލުވެފައެއް ނުވެއެވެ. އެހެންނަމަވެސް މިމަހުގެ ތެރޭގައި މިއަދަދު ވަނީ ވަރަށް ބޮޑަށް ދައްކުރެވިފައެވެ. އެގޮތުން މިހާރު މިއަދަދު ވަނީ ހަ އަކަށް މަދުކުރެވިފައެވެ.

އެ ސްކޯތަށް މަތިވުމުން އެޗްޕީއޭގެ ފަރާތުންވަނީ އެއަދަދުތައް ދަށް ކުރުމަށް ފިޔަވަޅުތަށްވެސް ހަރުކަށި ކޮށްފައެވެ. އެގޮތުން މަގުމަތީގައި ރޭގަނޑު އުޅޭވޭނެ ގަނޑިތަކެއް ކަނޑައަޅާ ބޭރުގައި އުޅޭނަމަ މާސްކް އެޅުން މަޖުބޫރު ކޮށްފައިވެއެވެ.

ޑރ. ޝަހީދު ވިދާޅުވީ މިހާލަތު ރަނގަޅުވެ އެދެވިގެންވާ ބަދަލުތަކެއް ފެންނަމުންދަނީ ގައިޑް ލައިންތަކާއި އެއްގޮތަށް މީހުންގެ އަމަލުތައް ބަހައްޓަމުންދާތީ ކަމަށެވެ. އެހެންވުމުން އަދަދުތައް އެއްހަމަކުރުމަށް އަދި ދަށް ކުރުމަށްވެސް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ފަރުވާ ކުޑަކޮށްލާ ދޫކޮށްނުލުމަށް ޑރ. ޝަހީދު އިލްތިމާސްކުރެއްވި އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް