ads
ޕްރިޔަންކާ ޗޯޕްރާ--
ޕްރިޔަންކާ އޮސްކާއަށް ނޮމިނޭޓް ވާނެ ކަމުގެ އުއްމީދު ބޮޑު
މި އަހަރުގެ އޮސްކާ އެވޯޑުގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ޕްރިޔަންކާ ޗޯޕްރާ ހޮވުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

"ބޭވޮޗް" ފަދަ ހޮލީވުޑު ފިލްމުތަކުން ފެނިފައިވާ ޕްރިޔަންކާގެ ކުރިއަށް އޮތް ހޮލީވުޑު ފިލްމަކީ މިހާތަނަށް އޭނާގެ އެންމެ މޮޅު އެކްޓިން ފެނިގެންދާ ފިލްމު ކަމަށް ވެއެވެ. 

އެ ފިލްމަކީ އަރަވިންދް އަދީގާގެ ވާހަކައެއްގެ މައްޗަށް ރާމިން ބަހްރާނީ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. 

ބެސްޓް ސަޕޯޓިން އެކްޓްރެސް އެވޯޑަށް ޕްރިޔަންކާގެ އިތުރުން ނޮމިނޭޓް ވާނެ ކަމަށް ބެލެވެނީ މެރީލް ސްޓްރީޕް، ހަން ޔެންރީ، ކްރިސްޓިން ސްކޮޓް ތޯމަސް އަދި އޮލީވިއާ ކޮލްމޭން އެވެ. 

އޮސްކާ އެވޯޑަށް ޕްރިޔަންކާ ނޮމިނޭޓް ވާނެ ކަމަށް ބެލެވޭއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ކިއާނޫ ރީވްސްގެ "މެޓްރިކްސް 4" އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް