ads
ސެލް ޒޯން ފިހާރައިގެ ބިއްލޫރގަނޑު ތަޅާލާފައި-- ފޮޓޯ: އަބްދުލް މަޖީދު/ ފޭސްބުކް
ފިހާރައެއް ފަޅާލައި250،000 ރުފިޔާގެ ސާމާނު ވަގަށް ނަގައިފި
މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުންނަ "ސެލްޒޯން" ފިހާރައަށް ރޭ ދަންވަރު ވަގުން ވަދެ، 250،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގެންގޮސްފި އެވެ.

ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން އެތަނަށް ވަދެ ވަނީ ގިނަ އަދަދެއްގެ އައިޕޮޑާއި، އައިފޯނު އަދި އެހެން އަގުހުރި ސާމާނު ގެންގޮސްފަ އެވެ. އެ ތަކެތީގެ އަގުގައި 250،000 ރުފިޔާ ހުންނާނެ ކަމަށް ބެލެވެ އެވެ.

your imageސެލް ޒޯން ފިހާރައިގެ ބިއްލޫރގަނޑު ތަޅާލާފައި-- ފޮޓޯ: އަބްދުލް މަޖީދު/ ޓްވިޓާ

ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވާއިރު އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. 

ދޭތެރެ ދޭތެރެއިން މާލޭގައި ބޮޑެތި ވައްކަންތައް ކުރެ އެވެ. އެގޮތުން ދާދި ފަހުން ވަނީ ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރި ފަޅާލާ، ގިނަ ފައިސާތަކެއް ވަގަށް ނަގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް