ads
ޑރ. ޖަމީލް--
މުޅި ސަރުކާރުގައި ވަނީ ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައި: ޑރ. ޖަމީލް
މުޅި ސަރުކާރުގައި ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައިވާ ކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ވަގުތުގައި ސަރުކާރުގައި ކޮރަޕްޝަންގެ ޖަރާސީމް ފެތުރިފައިވާ ކަމަށެވެ. 

މީގެ އިތުރުން ޖަމީލް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެދު އޮތް އުންމީދަކީ ހަމައެކަނި "މަލަމަތި" ރީތި ކުރުމުން އެކި ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުން އެކަނި ނޫންކަމަށެވެ. އަދި ގާތް ވަޒީރަކަސް ފިޔަވަޅު އެޅުމަށް ޑރ. ޖަމީލް ވަނީ ގޮވާލައްވާފައެވެ. 

"ގާތް ވަޒީރަކަސް ފިޔަވަޅު އަޅުއްވާ. ނޫނީ ރައްޔިތުން ދެކޭނީ ރަނުން ރަނަށް ވައްކަމަށް ޖާގަ ދެނީ ކަމަށް"

ޑރ. ޖަމީލް މިފަދައިން ވިދާޅުވެ ހިއްސާކުރައްވާފައިވަނީ އެމަނިކުފާނުގެ ކުރީގެ ގާތް އެކިވެރިއެއް ކަމަށްވާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އޭސީސީގެ މެމްބަރުންގެ ފޮޓޯ ތަކެވެ. 

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުގައި ބޮޑެތި މައްސަލަތަކެއް ހިނގާފައިވާކަން ފާހަގަކޮށްފައިވެ އެވެ. 

ސަރުކާރުގައި ކޮރަޕްޝަންގެ ފަނި އަޅާފައިވާކަމަށް ވިދާޅުވެ ޑރ. ޖަމީލް ޓްވީޓް ކުރެއްވިއިރު އެމަނިކުފާނު މިވަގުތު އަންނަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް