ads
ވައިޓް ހައުސް-- ފޮޓޯ: ގެޓީ އިމޭޖަޒް
ޒަހަރު ހުރި ސިޓީއެއް ޓްރަމްޕަށް ފޮނުވައިފި
ޒަހަރުގެ ބާވަތެއް ކަމަށްވާ ރިޗިން ހިމެނޭ ސިޓީއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޕޯސްޓު މެދުވެރިކޮށް ފޮނުވައިފި އެވެ.

ނަމަވެސް އެ ސިޓީ ވައިޓް ހައުސްއާ ހަމައަށް ދިޔުމުގެ ކުރިން ވަނީ ހިފަހައްޓާފަ އެވެ. އޭގައި ޒަހަރު ހުރިކަން އެނގުނީ ސެކިއުރިޓީ ސްކްރީންގެ ތެރެއިންނެވެ.

އެ ސިޓީ އުރައިގެ ތެރެއިން ރިޗިން ޒަހަރު ވަނީ ފެނިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

އެފްބީއައި އާއި ސީއައިއޭ އިން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ސިޓީ ފޮނުވާފައިވާ ކަމަށް ބެލެވެނީ ކެނެޑާއިންނެވެ. 

ރިޗިން އަކީ އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ޒަހަރެކެވެ. އެ ޒަހަރަށް މީހަކު ހުށަހެޅިއްޖެ ނަމަ 36 ގަޑިއިރާއި 72 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި މަރުވާނެ އެވެ.

މީގެ ކުރިން ވެސް އެކި ޓެރަރިޒަމްގެ ބޭނުންތަކަށް އެ ޒަހަރު ބޭނުންކޮށްފައި ވެއެވެ. ކުރިން ރައީސް ބަރަކް އޮބާމާއަށް އެ ޒަހަރު ހުރި ސިޓީއެއް ފޮނުވި މީހަކު ވަނީ 25 އަހަރަށް ޖަލަށް ލާފަ އެވެ. 

އޭގެ ފަހުން 2018 ވަނަ އަހަރު ވެސް އެ ޒަހަރު ހުރި ސިޓީތަކެއް ޕެންޓަގަން އާއި ވައިޓް ހައުސް އަށް ފޮނުވި މީހަކާ ދެކޮޅަށް ދައުވާކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް