ads
ތައިލެންޑުގެ މުޒާހަރާގެ ތެރެއިން--
ތައިލެންޑުގެ ރަސްކަން އުވާލަން ގޮވާލާ މުޒާހަރާ ކުރަނީ
ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ ރަސްކަމާ ދެކޮޅަށް އެގައުމުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ވެރިރަށް ބެންކޮކްގައި އިއްޔެ ބޭއްވި އެއްވުމުގެ ބައިވެރިން މިއަދު ވެސް ވަނީ މަގުތަކަށް ޖަމާވެފަ އެވެ. 

އެމީހުން ޑިމާންޑު ކުރަމުން ދަނީ ރަސްކަމުގެ ބާރުތައް ކުޑަކޮށް އިސްލާހީ ބަދަލުތައް ގެނައުމަށެވެ. 

ފާއިތުވި ދެ މަހު ވެސް މިފަދަ އެއްވުންތައް ބާއްވާފައި ވެއެވެ. ރަސްކަން ބަދަލު ކުރުމުގެ އިތުރުން ބޮޑުވަޒީރު ޕްރަޔުތް ޗަން އޮޗާ މަގާމުން ދުރު ކުރުމަށް ވެސް އެމީހުން ގޮވާލަމުން ދެއެވެ. 

ތައިލެންޑުގައި ރަސްކަމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އަދި އެއީ ހާމަކަން ބޮޑު ގޮތަކަށް ކޮށް އުޅޭ ކަމެއް ވެސް ނޫނެވެ. 

އެހެންކަމުން ޒުވާނުން ނިކުމެ މިހާރު ކުރަމުންދާ މުޒާހަރާއަކީ އެގައުމުގައި ހާމަކަން ބޮޑުކޮށް ރަސްގެފާނާ ދެކޮޅަށް ބާއްވާ މަދު އެއްވުންތަކުގެ ތެރެއިން އެއްވުމެކެވެ. 

ތައިލެންޑުގެ ރަސްގެފާނު މި ވަގުތު ހުންނެވީ ގައުމުން ބޭރުގަ އެވެ. އަދި ޝާހީ ގަނޑުވަރުން އެއްވުންތަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް