ads
ރައީސް ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު-- ފޮޓޯ: ރައީސް އޮފީސް
ރަހުމަތްތެރިއަކު ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާ އޮވޭ: ރައީސް ސޯލިހް
އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ރަހުމަތްތެރިއެއްގެ ގޮތުގައި އިންޑިއާ އޮންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ރައީސް ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކުވެސް ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އިންޑިއާ އޮންނަކަމަށެވެ. އަދި ރައީސްގެ ޓްވީޓްގައި ވަނީ އިންޑިއާ ސަރުކާރުން ދީފައިވާ 250 މިލިއަން ޑޮރަލުގެ މާލީ އެހީތެރިކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފަ އެވެ. 

ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި 250 މިލިއަން ޑޮލަރުގެ ލޯނު ހަވާލުކޮށްފައިވަނީ މިއަދު އެވެ. 

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި 250 މިލިއަން ޑޮލަރުގެ ލޯނު އެހީ ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ. 

އެ އެހީއާ ރައްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. 

ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ޓްރެޝަރީ ބިލެއްގެ ގޮތުގައި ގަންނަ އެ ފައިސާއަކީ ފަހުން ދައްކަން ޖެހޭ ގޮތަށް ފޯރުކޮށްދިން އެހީ އެކެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް