ads
ބޮންޑޭ
ލެބް ޓެކްނީޝަނުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް ގޮވާލައިފި
ލެބް ޓެކްނީޝަނުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.

މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް19އާއި ގުޅިގެން ރެއާއި ދުވާލު އެންމެ ބުރަ މަސައްކަތް ކުރަމުންދަނީ ލެބް ޓެކްނީޝަނުން ކަމަށެވެ. އަދި ޑިޕޮލޮމާ، ޑިގްރީ ފެންވަރުގެ ލެބް ޓެކްނީޝަނުންގެ މުސާރައަކީ އެންމެ 5610 ރުފިޔާ ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ވިދާޅުވެފައިވަނީ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ އުޖޫރައާއި އިތުރު އިނާޔަތައް ލެބް ޓެކްނީޝަނުންނަށް ދިނުމަށް ގޮވާލާކަމަށެވެ.

މީގެ ކުރިންވެސް ބޮންޑޭ ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ އިތުރު ކުރުމަށް ގޮވާލާފައެވެ. އަދި އޭރު ވިދާޅުވެފައިވަނީ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްގެން ނޫން ގޮތަކަށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރު ނުކުރެވޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް