ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ވަގުތު
ދިރިއުޅުމުގެ ހާލަތަށް ދެމަފިރިންނަށް ޕޮއިންޓް ދިނީ ތަފާތުކޮށް: މުއިއްޒު
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަަތަށް ދެމަފިރިންނަަށް ޕޮއިންޓްދިނީ ތަފާތުކޮށް ކަމަށް ކުރީ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓްގަރީގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމާއެކު މުއިއްޒު ވިދާޅުވީ އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ނެރުނު ލިސްޓުގައި އެކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އެގޮތަށް އެކަން ދިމާވީ ކީއްތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓުތައް އާންމުކޮށް ދަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަމުންނެވެ.

އެތަންތަނުގެ ދޮރާއި ތަށިމުށި އަދި ލައިޓް ހަރުނުކޮށް މީހުންނަށް ހަވާލުކުރަން ނިންމާފައިވާއިރު އެ ފްލެޓުތަކަކަށް މީހުންނަށް ވަދެވޭވަރުވާނީ އަންނަ އަހަރު ކަމަށް ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް