ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހަމަވާތީ، ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 28 އަށް އިތުރުކުރާ ކަމަށެވެ. 

އެ މުއްދަތު އެންމެ ކުރިން އޮތީ މިއަދު މެންދުރު 14:00 ގައި ހަމަވާ ގޮތަށެވެ.

އެ މުއްދަތު އިތުރުކުރަން ނިންމާފައި މިވަނީ ކެނޑިޑޭޓުން ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތަަށް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުންނެވެ. 

މިނިސްޓްރީން އާއްމުކުރި "މީޑިއާ ކައުންސިލަށް މެމްބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ވާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރަކަށް އިންތިހާބުވާ މީހަކަށް އެ މަގާމުގައި ދެމިހުރެވޭނީ ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭނެ އެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މުޅި ޖުމުލަ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާ ތަމްސީލުކުރާ އަށް މެމްބަރުންނާއި އާއްމުންގެ ތެރެއިން ހަތް މެމްބަރެކެވެ. 

މީޑިއާ ކައުންސިލަށް މެމްބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލްގައި ވާގޮތުން މީޑިއާ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވުމުގެ ތިން މަސް ދުވަސް ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން އިއުލާން ކުރަންވާނެއެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް މަދުވެގެން ރަސްމީ ބަންދުނޫން ހަތް ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލްކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުން ކަމަށާއި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓް ކަމަށް އުސޫލުގައިވެ އެވެ. އަދި އާންމުންގެ ތެރެއިން ކުރިމަތިލާ ކެންޑިޑޭޓުންނަކީ މީޑިއާއާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތަކަށް ވެގެންނުވާނެކަމަށް ވެސް ބުނެފައިވެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް