ads
ފެނަކަ މުވައްޒަފުން މަސައްކަތް ކުރާ ކަރަންޓީން ފެސިލިޓީއެއް އެމްޑީ ސައީދު، ބައްލަވާލައްވަނީ---
ފެނަކައިން ކޮރަޕްޝަނެއް ނުހިންގާ، ނުވެސް ހިންގޭނެ: ސައީދު
ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުން އަންނައިރު އެފަދަ އަމަލެއް އެ ކުންފުނިން ނުހިންގާ ކަމަށާއި އަދި ނުވެސް ހިންގޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އޭސީސީއަށް ފެނަކައިގެ 27 މައްސަލައެއް ހުށަހެޅި ނަމަވެސް 22 މައްސަލައެއް މިހާރު ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. އޭގެ ތެރެއިން ދެ މައްސަލައެއް އެއްކޮށްލައިގެން ތަހުގީގުކުރަމުން އަންނައިރު ބާކީ ތިން މައްސަލަ ބެލުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތަކެއް ބަލަމުންދާ ކަމަަށް ވެސް އޭސީސީން ބުނެ އެވެ. 

އެކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅި އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ސައީދުއާ ދެކޮޅަށް ހުށަހަޅާފައިވާއިރު އޭސީސީން ބުނީ އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕްރޮކިއުމަންޓްގެ މައްސަލަތަކަކާއި ވަޒިފާއާ ގުޅުންހުރި މައްސަލަތަކެއް ކަމަަށެވެ.

އެ މައްސަލައާ ގުޅިގެން ސައީދު ރާއްޖެޓީވީގައި ރޭ ވިދާޅުވެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް އަދި ބަޔަކު ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ. ސައީދު ވަނީ ފެނަކައިން އެއްވެސް ވައްކަމެއް ނުކުރާ ކަމަށް ޗެލެންޖް ކުރާ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވެސް އަމަލެއް ހިންގާފައި ނުވާކަމަށާއި އަދި ނުވެސް ހިންގޭނެ ކަމަށް ވިދާޅުވެފަ އެވެެ. 

ސައީދު އިތުރަށް ވިދާޅުވީ އެ މައްސަލަ ހުށަހަޅެމުން އުފާވާ ކަމަށާއި މައްސަލަ ބަލާއި ތަހުގީގުކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ. އަދި އެފަދަ ތުހުމަތެއް ކުރެވޭނަމަ އެކަމާއި ގުޅޭ އިދާރާއަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ވެސް އެދިވަޑައިގަތެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް