ads
އޯތޮޕީޑިކްސް އެސޯސިއޭޝަނުން ނައިބު ރައީސް ފައިސަލްއާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކަށީގެ ޑޮކްޓަރުން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި
ރާއްޖޭގައި ކަށީގެ ބަލި މީހުންނާ އަޅާ ބަލާއިރު ޑޮކްޓަރުން މަދު މައްސަލަ ހައްލު ކުރުމަށް އޯތޮޕީޑިކް އެސޯސިއޭޝަނުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއެކު މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި އޯތޮޕީޑިކްސް އެސޯސިއޭޝަނުގެ މެމްބަރުން ވަނީ ރާއްޖޭގައި ކަށީގެ ބަލިތަކާ ގުޅޭ ތަފާސްހިސާބުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. 

އޭގައި ފާހަގަކޮށްފައިވާ ގޮތުން ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ނިސްބަތުން ރާއްޖޭގައި ގިނަ ނަމަވެސް، ކަށީގެ ހާއްސަ ޑޮކްޓަރުންނާއި އެ ދާއިރާގެ ސިއްހީ އެހީތެރިން މަދެވެ. 

އެހެންކަމުން މި ދާއިރާއިން ދިވެހި ޑޮކްޓަރުން ތަމްރީނު ކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ވަނީ ނައިބު ރައީސް ފައިސަލް އާއެކު މަޝްވަރާކޮށްފަ އެވެ.

އޭގެ އިތުރުން ތަމްރީންވެފައިވާ ހިދުމަތްތެރިން ނުލިބުމުގެ މައްސަލަ ހައްލު ކުރުމާއި، ކަށީގެ ހާއްސަ ޑޮކްޓަރު ތަމްރީނުކޮށް، އެ ދާއިރާގެ ހިދުމަތް ފުޅާ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައި ވެއެވެ.

ނައިބު ރައީސް ފައިސަލް ވަނީ އޯތޮޕީޑިކް އެސޯސިއޭޝަނުން އިސް ނަގައިގެން މީހުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. 

އޭގެ އިތުރުން އެ އެސޯސިއޭޝަނުގެ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް