ads
ލީކުކޮށްލި ލިޔުންތަކުގައިވާ ގޮތުން ޝައްކު ކުރެވޭ ފައިސާ ވަނީ ރާއްޖޭގެ އެޗްއެސްބީސީ އަދި އެސްބީއައި އަށް ވަދެފައި-- ފޮޓޯ: ބީބީސީ
ކަޅު ފައިސާއަށް ޝައްކު ކުރެވޭ ބައި މިލިއަން ޑޮލަރު ރާއްޖޭގެ ދެ ބޭންކަކަށް
ކަޅު ފައިސާ ކަމަށް ޝައްކު ކުރެވޭ ބައި މިލިއަނަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގައި ހިންގާ ދެ ބޭންކަކަށް ވަދެފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ ބޮޑެތި ބޭންކުތައް މެދުވެރިކޮށް ހިންގާ ކަޅު ފައިސާއަށް ޝައްކު ކުރެވޭ މުއާމަލާތްތައް ތަހުގީގު ކުރާ އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކް (ފިންސެން) ގެ ލިޔުންތަކުންނެވެ. 

ދުނިޔޭގައި އެމެރިކާ ޑޮލަރުން ކުރާ މުއާމަލާތްތައް އެ އިދާރާއަށް ރިޕޯޓު ކުރަމުން ދެއެވެ. އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަވެއްޖެ ނަމަ ބޭންކުތަކަށް ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓު (އެސްއޭއާރް) ފޮނުވަ އެވެ.

އެ އިދާރާގެ ގިނަ ލިޔުންތަކެއް ލީކުކޮށްލުމާއެކު ތަހުގީގީ ނޫސްވެރިކަން ކުރާ ނެޓްވޯކަކުން ވަނީ ދިރާސާ ކުރުމަށް ފަހު މަނީ ލޯންޑަރިންއަށް ޝައްކުވާ އަދަދު ދެ ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

އެގޮތުން ބޭންކުތަކުން ކުރި މުއާމަލާތްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ބޭންކަކަށް އެކި ފަހަރު މަތިން ވަތް ބައި ލައްކައަށް ވުރެ ގިނަ ޑޮލަރު އެ ދިރާސާއިން ފާހަގަވެފައި ވެއެވެ. 

އެއީ ރާއްޖޭގައި ހުންނަ އެޗްއެސްބީސީ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. އެ ދެ ބޭންކަށް 2015 އިން 2017 އާ ދެމެދު ވަނީ 18 މުއާމަލާތަކުން ޝައްކުވާ 501،359 ޑޮލަރު ވަދެފަ އެވެ. 

އެއީ 12 މުއާމަލާތަކުން އެސްބީއައި އަށް ވަތް 296،928 ޑޮލަރާއި ހަ މުއާމަލާތަކުން އެޗްއެސްބީސީ އަށް ވަތް 204،430 ޑޮލަރެވެ. ފައިސާ ފޮނުވީ ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަނުން ޖަރުމަނުގެ ފަވަލްޓުންގް ޕްރައިވެޓް ބޭންކު މެދުވެރިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް