ads
ހުޅުމާލޭ މެޑިކަލް ފެސިލިޓީ--
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ އަދަދު 96 ތިރިވެެއްޖެ
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 96 އަށް ތިރިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދަކީ 96 އެވެ. 

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި   ފަސް މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަަށެވެ. އަދި ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި މިވަގުތު އެެއްވެސް މީހަކަށް ފަރުވާދެމުން ނުދާ ކަމަށާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 88 މީހަކަށް ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން ތިން މީހަކަަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އެތަނުން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގަ އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާދޭ އަދަދު އުޅެނީ ތިނެއްގައި ކަމަށެވެ.

އެ އަދަދު ތިރިވެފައިވާއިރު މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވެސް ވަނީ ދަށުގަ އެވެ. އެގޮތުން މިއަދު އިތުރު 46 މީހަކު ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 9770 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް