ads
އެލެން ޑެޖެނެރެސް--
މައާފަށް އެދެމުން އެލެންގެ ޝޯ އަލުން ފަށައިފި
ބެލުންތެރިންގެ ކިބައިން މައާފަށް އެދެމުން އެލެން ޑެޖެނެރެސްގެ ޓޯކް ޝޯގެ އާ ސީޒަން ފަށައިފި އެވެ.

އިއްޔެ " ދަ އެލެން ޑެޖެނެރެސް ޝޯ" ގެ އާ އެޕިސޯޑް ފަށަމުން އެލެން ބުނެފައި ވަނީ އެ ޝޯގެ ސެޓުގައި ހިނގައިގެން ނުވާނެ ކަންކަން ހިނގާފައި ވާތީ މައާފަށް އެދޭ ކަމަށެވެ. 

އެލެން އަކީ އެކުގައި މަސައްކަތް ކުރާ މީހުންނަށް އިހާނެތިކޮށް ހިތާ، އިހުތިރާމު ކުޑަކޮށް އަމަލު ކުރާ މީހެއް ކަމަށް އެތައް ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ. 

އޭގެ އިތުރުން ޝޯގެ ބައެއް ސީނިއާ މެމްބަރުންނަށް ޖިންސީ ފުރައްސާރައިގެ ތުހުމަތާއި ސުލޫކީ މައްސަލަތަކެއްގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

އެކަމާ ގުޅިގެން އިއްޔެގެ ޝޯ ފަށަމުން އެލެން ބުނީ އޭނާ އެކަން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި، އޭގެ އަސަރު ކުރި މީހުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

ޝަކުވާތަކާ ގުޅިގެން ފެށި ތަހުގީގާއެކު އެކަށީގެންވާ ހެޔޮ ބަދަލު އަންނަމުންދާ ކަމަށް ވެސް އެލެން ބުނެފައި ވެއެވެ. އެ ޝޯގެ ތިން ޕްރޮޑިއުސަރުން ދާދި ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

"ދަ އެލެން ޑެޖެނެރެސް ޝޯ" 2003 ވަނަ އަހަރު ދައްކަން ފެށި ފަހުން ވަނީ އެ ޝޯއަށް 60 އަށް ވުރެ ގިނަ އެމީ އެވޯޑު ލިބިފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް