ads
ސިޓީއާ ވުލްވްސްގެ މެޗުގެ ތެރެއިން
ސިޓީންވެސް ފެށީ މޮޅަކާއި އެކު
ތިން ލަނޑު އެއް ލަނޑުން ވުލްވްސްގެ މައްޗަށް ކުރި ހޯދައިގެން މެންޗެސްޓާ ސިޓީއިން ޕްރިމިއަ ލީގުގެ އާ ސީޒަން ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސިޓީން ސީޒަން ފެށީ ސްޓައިލުގައެވެ. މެޗުގައި ސިޓީން  ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ކެވިން ޑިބްރޭނާއެވެ. ފިލް ފޯޑެންގެ ގޯލުން ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގައި ޖެހިއިރު، ވުލްވްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒެވެ. ސިޓީގެ ފަހު ގޯލް އިތުރު ވަގުތުގެ ތެރޭގައި ޖެހީ ގަބްރިއެލް ޖީސޫސްއެވެ.

ޕްރިމިއަ ލީގުގެ އާ ސީޒަންގައި ސިޓީގެ މެޗެއް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް