ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންފައިވަނީ އަމިއްލަފުޅު ދަތުރެއްގައެވެ. 

ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ ރައީސް ނަޝީދުގެ އެދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ކަރަންޓީންގައި ކަމަށްވެސް ވިދާޅުވި އެވެ. 

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާގޮތުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ހަމަކުރަންޖެހެ އެވެ.

ރައީސް ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގައި ހުންނެވި އިރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން އެކަހެރިވުމަށް އެދިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި އެސިޓީގައި ޕާޓީއަށްޓަކައި މިނިސްޓަރު ފައްޔާޒް އެކަހެރި ވުމަށް އެދިވަޑައިގެންފައިވާއިރު އެމަނިކުފާނު ކުރައްވަނީ ސިޔާސީ މަސައްކަތެއްކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް