ads
އެޖެންޑާ-19 އެމްޑީޕީ ކެމްޕެއިން ގެ ތެރެއިން--
އެމްޑީޕީގެ ދެ ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ދެ ކެނޑިޑޭޓަކު ނަން އަންބުރާ ގެންގޮސްފި އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ، ޅ. ނައިފަރު ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ އަބްދުލްވާހިދު ހުސައިން އާއި ނ. މަނަދޫ ކައުންސިލްގެ މެންބަރު ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހަސަން ނާއިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތު ތަކުގައި ވާގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެގޮތުން ނަން އަނބުރާ ގެންގޮސްފައިވަނީ، ބ. ފުޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އަމިއްލަ ގޮތުން ވާދަކުރާ އިހުސާނާ އަލީ އާއި ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފާތިމަތު އިނާޔާ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ފަރާތްތައް ނަން އަނބުރާ ގެންގޮސްފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތުގެ ތެރޭގައި ކަމަށެވެ. 

މިއަހަރު ބޭއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އަދި މަޖިލީހުން ވަނީ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލުން މަގާމުގައި ދެމިތިބޭނޭ ގޮތަށް ގާނޫނުވެސް ފާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް