ads
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބް މުގައްރިރު، ޝުއައިބް އަލީ--
އެމްޑީޕީން ކުރާ ތުހުމަތުތަކުގެ ތަފްސީލަށް ޝުއައިބް އެދިވަޑައިގެންފި
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުން ޝުއައިބް އަލީ ސަސްޕެންޑު ކުރި މައްސަލާގައި ކުރާ ތުހުމަތުތައް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

ޝުއައިބުގެ މައްޗަށް ފިޔަވަޅު އަޅަން މިދިޔަ ހަފްތާގައި އެމްޑީޕީން ނިންމީ ޕާޓީގެ އަގު ވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ފިޔަވަޅު އަޅަން ނިންމުމުން، ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ފޮނުއްވި ސިޓީގައި ޝުއައިބު ވަނީ ތުހުމަތުތަކުގެ ތަފްސީލަށް އެދިވަޑައިގެންފަ އެވެ. 

ސަސްޕެންޑުކޮށްފައި ވަނީ އަމިއްލައަށް ދިފާއުވެ ވަޑައިގެންނެވުމުގެ ފުރުސަތު ނުދީ ކަމަށާއި އެމްޑީޕީއަށް ގެއްލުންވާ ކަމެއް އޭނާ ނުކުރާނެކަން ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ސިޓީގައި ވެއެވެ.

ޝުއައިބާ މެދު ފިޔަވަޅު އަޅާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންނެވުމަށް ދެންނެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީފުޅެއް ފޮނުއްވުމާ ގުޅިގެން، އެއީ ޕާޓީގެ އެންމެ އިސް ފަރާތް ކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ހިންގާ އަމަލެއް ކަމަށް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް