ads
ސަބްބޭސް މަސައްކަތް ނިމިފައި--
ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ނިންމާލައިފި
ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލަައިފި އެވެ.

ސ. ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ. 

އެ މަޝްރޫއުގެ ދަށުން ސައިޓް ސާފުކުރުމާއި ދަނޑުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ފުޓްބޯޅަ ދަނޑު ވަށައިގެން ޕޭވްމަންޓް ހަދައި، އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް ވަނީ ކުރެވިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. 

އެ މަޝްރޫއަކީ 2.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް