ads
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ/ މުހައްމަދު ޝަރުހާން
އޮކްޓޯބަރުން ފެށިގެން ކަސްޓަމްސް އަށް ފައިސާ ދެއްކޭނީ ޕޯޓަލް އިން
އޮކްޓޯބަރު މަހުން ފެށިގެން ކަސްޓަމްސް ޑިއުޓީ އާއި އެހެނިހެން ފައިސާ ބަލައިގަންނާނީ ކަސްޓަމްސްގެ ޕޯޓަލް، ކަސްޓަމްސް ޕޭ ނުވަތަ އެމްއާރްޖީޓީއެސް މެދުވެރިކޮށް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ކަސްޓަމްސް އިން ނެރުނު އިއުލާނުގައި ބުނީ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ފައިސާ ބަލައިގަންނާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފައިސާ ދެއްކުމުން ޕޯޓަލް އިން ރަސީދު ފެންނާނެ ކަމަށެވެ. 

އޭގެ އިތުރުން އެމްއާރްޓީޖީއެސް ހެދުމަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އެ ނިންމުމާއެކު ކޮވިޑް-19 އާ ގުޅިގެން ބޭނުން ކުރި ބޭންކު ޓްރާންސްފާގެ ހިދުމަތް ހުއްޓާލާނެ އެވެ. 

ކަސްޓަމްސްގެ ހިދުމަތްތައް ޑިޓިޖަލައިޒް ކުރިއިރު، ފިނޭންސް މިނިސްޓްރީން ވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސޯދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދައުލަތުގެ އޮފީސްތަކަށް އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް