ads
ފޮޓޯ: އެމްއެންޑީއެފް
26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީގެ ލޯންޗެއް ފަރަށް އަރައިފި
ސައްބީސް މީހުންނާއިއެކު ދަތުރުކުރަމުންދިޔަ އެމްޓީސީސީގެ ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ 26 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ އެމްޓީސީސީގެ “ކަޅިހި” ނަމަކަށް ކިޔާ ލޯންޗެއް ކ. ކޮއްދިއްޕަރު ކައިރީއޮތް ފަރަކަށް އަރާފައިވާކަމަށެވެ.

މިރޭ 18:48 ހާއިރު އެކަމުގެ ރިޕޯޓު ލިބިގެން މާލޭ އޭރިއާ ކޯސްޓްގާޑުން އެލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ލޯންޗްގައި ދެ އަންހެނުންވެސް ތިބި ކަމަށެވެ. އަދި ލޯންޗްގައި ތިބި މީހުން ތިބީ އެތާކައިރީގައި ތިބި ތުނޑިއެއްގައި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް