ads
ކަންގަނާ އަދި ދީޕިކާ--
ދީޕިކާއަށް ޑިޕްރެޝަން ދިމާވީ ޑްރަގާ ހެދި ކަމަށް ކަންގަނާ ބުނެފި
ދީޕިކާގެ ފިލްމީ ކެރިއަރުގެ ބޮޑުބައެއް އޭނަ ހޭދަކޮށްފައި ވަނީ ޑިޕްރެޝަންގެ ތެރޭގައެވެ. އަދި އެކަމުން އަރައިގަންނަން އޭނަ ކުރި މަސައްކަތާއި ފިލްމީ ދާއިރާއަށް އެނބުރި އަންނަން އޭނަ ޑިޕްރެޝަނާ ހަނގުރާމަކޮށް ކާމިޔާބު ހޯދި ގޮތްތައް މީޑިއާއާއި އޭނަ ހިއްސާކުރުމާއިއެކު އެ ވާހަކަތަކަކީ ޑިޕްރެޝަން ތަހައްމަލް ކުރަމުން ދިޔަ އެތައް ބަޔަކަށް އެކަމުން ސަލާމަތްވުމަށް ހިތްވަރު ލިބިގެން ދިޔަ ވާހަކަތަކެކެވެ.

އޭގެ ފަހުން ދިޕިކާ ވަނީ އޭނަގެ ވާހަކައިން މީހުން އިންސްޕައާ ކުރުމަށާއި ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މީހުން އެކަމަށް ހޭލުންތެރިކުރުވާ އެކަމުން އަރައިގަތުމަށް އެކި ކެމްޕޭންތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި އެ ވާހަކަތަކުން އެތައް ބަޔަކު ޑިޕްރެޝަންއިން އަރައިގަތުމަށް ދިޕިކާ ވަނީ އެހީވެދީފައެެވެ.

އެހެންނަމަވެސް ސުޝާންތުގެ މަރާއެކު ފެންމަތިވެފައިވާ ބޮލީވުޑު ތަރިންގެ ޑްރަގުގެ މައްސަލައިގެ ތެރޭގައި މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށް ކަންގަނާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ދީޕިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

ކަންގަނާ ކޮށްފައިވާ އެ ޓުވީޓުގައި އޭނާ ބުނީ ދިޕިކާ އަށް ކުރިމަތިވި ޑިޕްރެޝަނަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ނަތީޖާ ކަމަށެވެ.

"ޑިޕްރެޝަންއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ނަތީޖާ. މިކިޔާ މަތީ ފަންތީގެ މާ ރީތި އަހުލާގެއް ލިބިފަ ތިބި ބަޔަކަށް ވެގެން އުޅޭ "ސްޓާ ކިޑުން" މެނޭޖަރަށް މެސެޖު ކޮށްފަ މިބުނަނީ ނެތްހޭ އެތިކޮޅެއް،" ކަންގަނާ ބުނެފައި ވެއެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާގެ އިތުރުން އޭނާގެ މެނޭޖަރު ވެސް ލިސްޓުގައި ހިމެނެ އެވެ. ލީކް ކޮށްލާފައިވާ ވަޓްސްއެޕް ޗެޓްތަކެއްގަައި ޑްރަގު ހޯދުމަށް ދީޕިކާ އެދިފައި ވެއެވެ. 

އަދި އެ މައްސަލައާ ގުޅިގެން މިހަފުތާގެ ތެރޭގައި ދީޕިކާއާ ސުވާލުކުރާނެ ކަމަަށް ބުނެ އެވެ. 

މީގެ ކުރިން އާންމުވި ނަންތަކުގެ ތެރޭގައި ހިމެނެނީ ރަކުލް ޕްރީތު ސިންގް އާއި ސާރާ އަލީ ހާންގެ އިތުރުން ޝްރައްދާ ކަޕޫރުގެ ނަމެވެ. 

އެ ނަންތައް އާންމުވީ ޑްރަގުގެ މައްސަލައާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީ ހައްޔަރު ކުރުމުންނެވެ. އަދި އެ ނަންތަކަކީ ތަހުގީގީ މަރުހަލާގެ ތެރެއިން ރިއާ ހާމަކުރި ނަންތަކެއް ކަމަށް ވެސް ބުނެ އެވެ.

ނޯޓު: ޑިޕްރެޝަން ދިމާވަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް މި ލިޔުމުގެ ސުރުހީ ކުރިން ލިޔެފައިވާ ގޮތުން ދޭހަވާތީ ސުރުހީ މިހާރު ވަނީ ބަދަލު ކުރެވިފަ އެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް