ads
ސިލްވެސްޓާ ސްޓެލޯން މަންމަ ޖެކީއާއެކު-- ފޮޓޯ: ގެޓީ އިމޭޖަޒް
ސިލްވެސްޓާ ސްޓެލޯންގެ މަންމަ މަރުވެއްޖެ
ހޮލީވުޑުގެ އެކްޓަރު ސިލްވެސްޓާގެ މަންމަ ޖެކީ ސްޓެލޯން އުމުރުން 98 އަހަރުގައި މަރުވެއްޖެ އެވެ.

ޖެކީ ސްޓެލޯންގެ އެންމެ ހަގު ދަރިފުޅު ފްރޭންކު ބުނީ މަންމަ މަރުވީ އޭނާ އެދުނު ގޮތަށް ނިދާފައި އޮވެގެން ކަމަށެވެ. 

މަންމައަކީ މީހުން ޝައުގުވެރިވާ ސިފަތަކަެއް ލިބިފައިވާ މީހެއް ކަމަށް އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި އޭނާ ލިޔެފައި ވެއެވެ. 

ޖެކީ ސްޓެލޯން ވަނީ އުމުރުން 15 އަހަރުގައި ގެއިން ފިލައިގެން ގޮސް، ސާކަސްއާ ގުޅިފަ އެވެ. އޭނާ ކުރިން ދިން އިންޓަވިއުގައި ބުނީ އޭނާ ގެއިން ދިޔެއީ ވަކީލުކަން ކިޔަވަން މަޖުބޫރު ކުރާތީ ކަމަށެވެ. އަދި އޭނާ އަބަދުވެސް ބޭނުންވީ ސްޓޭޖުގައި ހުށަހެޅުންތައް ދޭން ކަމަށް ބުނެފައި ވެއެވެ.

އަންހެނުންގެ ހައްގުތައް ވަކާލާތު ކުރުމުގައި އިސްކޮށް އުޅުނު ޖެކީ ސްޓެލޯން ވަނީ 1950 ގެ ތެރޭގައި ހަމައެކަނި އަންހެނުންނަށް ހާއްސަ ޖިމެއް ހުޅުވާފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ 1980 ގެ ގެނެސްދިން ގޯޖަސް ލޭޑީޒް އޮފް ރެސްލިން (ގްލޯ) އިން ފެނިގެން ގޮސްފަ އެވެ. 

ޖެކީގެ ދަރިފުޅު ސިލްވެސްޓާ ސްޓެލޯން މަގްބޫލުކަން ހޯދީ "ރާމްބޯ" އަދި "ރޮކީ" ފަދަ ފިލްމުތަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް