ads
ރިއާ އާއި އޭނާގެ ކޮއްކޮ ޝޯވިކް-
ރިއާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ރިއާ ޗަކްރަބޯޓީ އާއި އޭނާގެ ކޮއްކޮ ޝޯވިކްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. 

ސުޝާންތުގެ މަރުގެ މައްސަލައިގައި ރިއާ އާއި އޭނާގެ ކޮއްކޮގެ އަތެއް އޮތް ކަމަށް ހެކި ފެނިފައި ނުވި ނަމަވެސް އެމީހުން ޑްރަގު ބޭނުންކުރި ކަމުގެ ހެކިތައް ވަނީ ފެނިފަ އެވެ.

އެ މައްސަލައާ ގުޅިގެން ރިއާ އާއި އޭނާގެ ކޮއްކޮގެ ބަންދަށް އެންމެ ފުރަތަމަ ޖެހި މުއްދަތު އިއްޔެ ހަމަވެފައިވާތީ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓަށް ގެންދިއުމުން ވަނީ އަންނަ މަހުގެ ހަޔަކަަށް ބަންދުގެ މުއްދަތު ޖަހައިދީފަ އެވެ. 

އެމީހުން ބަންދުގައި ބަހައްޓާފައި މިވަނީ ހެކި ނައްތާލަފާނެ ކަމުގެ ބިރަށެވެ. 

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ތަހުގީގުކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުގެ މަރުހަލާގެ ތެރެއިން ރިއާ ވަނީ ޑްރަގު ބޭނުންކުރާ ތަރިންގެ ލިސްޓެއް ވެސް ހާމަކޮށްފައި ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ހިމެނޭ ތަރިންގެ ކަމަށް ބުނެ އާންމުވެފައިވާ ލިސްޓުގައި ހިމެނެނީ ސާރާ އަލީ ހާން އާއި ރަކުލް ޕްރީތު ސިންގް އަދި ޝްރައްދާ ކަޕޫރުގެ އިތުރުން ދީޕިކާ ޕަޑުކޯނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް