ads
ގަމުގައި ހުންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: މިހާރު
އައްޑޫ އެއާޕޯޓުގެ ދައުރު ފުޅާ ކުރާތީ މަރުހަބާ ކިޔައިފި
ކޮވިޑް-19 ގެ ނިއު ނޯމަލްގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ދައުރު ފުޅާ ކުރަން ސަރުކާރުން ނިންމުމުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މަރުހަބާ ކިޔައިފި އެވެ.

އޭޑީސީގެ ބަޔާނެއްގައި ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ސިޓީގެ ރައްޔިތުންގެ އުއްމީދު ކަމުގައި ވީ ނަމަވެސް، މީގެ ކުރިން އެތަނުގައި ދިރުމެއް ނުވާ ކަމަށެވެ. 

އެކަމަކި ކޮވިޑް-19 ގެ ނިއު ނޯމަލްގައި އެތަން ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެންނާނެ ކަމަށް ސަރުކާރުން އިއުލާނުކޮށްފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ބަޔާނުގައި ވެއެވެ. 

އެގޮތުން ނިއު ނޯމަލްގައި ފަތުރުވެރިކަމަށް އެންޓްރީ ޕޮއިންޓެއްގެ ގޮތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

އޭގެ އިތުރުން އައްޑޫ ސިޓީ އާއި އެހެން އަތޮޅުތައް ދެހެމެއްޓެނިވި ގޮތެއްގައި ވައިގެ މަގުން ގުޅުވާލަން ނިންމާފައިވާ ކަމަށާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އިތުރު 17 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. 

އޭގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ކަނޑައަޅާ ބިންތަކުގެ ކުލި ކުޑަ ކުރަން ނިންމާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް