ads
އޭސީސީ--
ކޮރަޕްޝަނަށް މަގުފަހިވާ ގަވާއިދުގައިވާ މާއްދާ އުވާލަން އޭސީސީން އަނެއްކާވެސް އެދިއްޖެ
ބީލަމަށް ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައިވާ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާ ވެސް ސަރުކާރުގައި އެދިއްޖެ އެވެ.

ބީލަމަށް ނުލައި މަޝްރޫއު ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މޭ 28، 2015 ގައެވެ. 

އެ މާއްދާގައި ވަނީ ސަރުކާރުން ކަނޑައަޅާ ބޮޑު މަޝްރޫއުތަކުގައި ބިޑް ނުކޮށް އަދި ޓެންޑަ އިވެލިއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލާ، އިކޮނޮމިކް ކައުންސިލުން ކަނޑައަޅާ ބަޔަކާ އެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ. 

މާލިއްޔަތު ގަވާއިދަށް ގެނައި އެ އިސްލާހުގެ ދަށުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލު އެޅުމުގެ ދެ ބިލިއަން ރުފިޔާގެ މަޝްރޫއު ސިންގަޕޫރުގެ ޗެންހުއާ އަށް ދީފަ އެވެ. 

އޭގެ އިތުރުން ނަސަންދުރަ ޕެލެސް ހޮޓަލް ހުރި ބިން 50 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައި ވަނީ ވެސް މާލިއްޔަތަށް ގަވާއިދަށް ގެނައި އެ އިސްލާހުގެ ތެރެއިންނެވެ. 

ކުރީގެ އޭސީސީން ވެސް ވަނީ އެ މާއްދާ އުވާލުމަށް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. އަނެއްކާ ވެސް އޭސީސީން މި ވަނީ އެ މާއްދާ އުވާލަން އެދިފަ އެވެ. 

އިއްޔެ އަނެއްކާ ވެސް އެ މާއްދާ އުވާލަން އެދިފައި ވަނީ މިހާރު އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ފާހަގަވާ ކަންބޮޑުވުންތަކާ ހެދި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް