ads
ވެން ޑަ ބީކް--
ޑޮނީގެ މޮޅު ކުޅުމާއެކު ޔުނައިޓެޑަށް މޮޅެއް
ހޮލެންޑުގެ އަޔަކްސްއިން ޔުނައިޓެޑާ ގުޅުނު ވެން ޑަ ބީކްގެ މޮޅު ކުޅުމާއި އެކު އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑު ފަސޭހަކަމާއި އެކު ޗެމްޕިއަންޝިޕްގެ ލޭޓަން އަތުން މޮޅުވެއްޖެއެވެ. ތިން ލަނޑު ސުން ލަނޑުން ޔުނައިޓެޑް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެން ޑަ ބީކްއެވެ.

ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ލޫޓަން ދަނޑުގައި ކުޅުނު މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލުތަކަކާއިވެސް އެކުގައެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ގޯލް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހުއާން މަޓާ އެވެ. ޔުނައިޓެޑްގެ ފަހު ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރެޝްފޯޑް އާއި މޭސަން ގްރީންވުޑް އެވެ.

ރޭގެ މެޗަކީ ވެން ޑަ ބީކް ޔުނައިޓެޑަށް ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ލީގުގައި ކުޅުނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާވަނީ ލަނޑު ޖަހާފައެވެ. ދެވަނަ މެޗަކީ ރޭގެ މެޗެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެން ޑަ ބީކް އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް