ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދުގެ މައްސަލަ ފުރިހަމަ ކުރުމަށް ޕީޖީއާ އެކު މަޝްވަރާ ކުރަނީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީގެ މަޝްވަރާ އާއި އެކު ކުރިއަށް ދާކަމަށެވެ. 

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތު ތަކެއް ކުރުމަށްފަހު އެތަނުގެ ބައެއް މުވައްޒަފުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހެޅުމުން މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވި އެވެ. އަދި މަގާމުން އިސްތިއުފާ ނުދިނުމުން ރައިސް ވަނީ އަލީ ވަހީދު މަގާމުން ދުރުކޮށްފަ އެވެ. 

އަލީ ވަހީދުގެ މައްސަލައިގައި ފުލުހުން ކުރިން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު ވަރަށް އަވަހަށް ނިންމާ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާނެ ކަމަށެވެ. އެމައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މައްސަލައިގެ ތަހުގީގަށް އަލީ ވަހީދު ފުލުހަށްވެސް ހާޒިރުކޮށްފައިވެ އެވެ. 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް