ads
މޮރާޓާ ކުރިން ކުޅުނު ކްލަބުތަކުގައި
މޮރާޓާ އެނބުރި ޔުވެންޓަސްއަށް
ލޯނު އެއްބަސްވުމެއްގެ ދަށުން އަލްވާރޯ މޮރާޓާ އަލުން ޔުވެންޓަސްއާ ގުޅިއްޖެ އެވެ. މޮރާޓާވަނީ ދެހާސް ސާދަވަނަ އަހަރުން، ދެހާސް ސޯޅަވަނަ އަހަރަށް އިޓަލީގައި ކުޅެފައެވެ.

އުމުރުން ހަތާވީސް އަހަރުގެ މޮރާޓާ، އެތްލެޓިކޯއިން ޔުވެންޓަސްއާއި ގުޅުނީ ލޯން ޑީލެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ. އެއްބަސްވެވޭ ގޮތެއްގެ މަތިން ލޯނުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު މި ޑީލުގެ ދަށުން ޔުވެންޓަސްއަށް ލިބެއެވެ.

ޔުވެންޓަސްގައި މީގެ ކުރިން ހޭދަކުރި ދެ ސީޒަންގައި މޮރާޓާވަނީ ހަތާވީސް ލަނޑު ޖަހާފައެވެ. އެ މުއްދަތުގެ ތެރޭގައި އިޓާލިއަން ލީގާ، އިޓާލިއަން ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކުރިއެވެ. އޭގެ ފަހުން މޮރާޓާވަނީ ރިއަލް މެޑްރިޑާއި ޗެލްސީއަށްވެސް ކުޅެފައެވެ. މޮރާޓާ އެތުލެޓިކޯއާ ގުޅުނީ މިދިޔަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް