ads
ޗެންނާއި - ރާޖަސްތާނު މެޗުގެ ތެރެއިން
ޗެންނާއީ ބަލިކޮށް ރާޖަސްތާނަށް ރަނގަޅު ފެށުމެއް
މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމުކަމަށްވާ ޗެންނާއީ ސުޕަ ކިންގްސް ބަލިކޮށް، ރާޖަސްތާނު ރޯޔަލްސްއިން އިންޑިއަން ޕްރިމިއާ ލީގު ރަނގަޅު ފެށުމަކުން ފަށައިފި އެވެ.

ރޭ ކުޅުނު މި މެޗު ރާޖަސްތާނުން ކާމިޔާބު ކުރީ ސޯޅަ ލަނޑުންނެވެ.

އައިޕީއެލްގެ ފުރަތަމަ މެޗެކޭ އެއް ގޮތަށް ރޭގެ މެޗުގައިވެސް ޓޮސް ދިމާވެގެން ޗެންނާއީ ސުޕަ ކިންގްސްއިން ގަސްދުކުރީ ހޮވާށެވެ. ކުޅެން އެރި ރާޖަސްތާނު ރޯޔަލްސްއިން ވިހި އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 216 ލަނޑު ހެދިއެވެ. 

ޖަވާބުގައި ކުޅެން ނުކުތް ޗެންނާއީއަށް ޗޭސް ކޮށްގެން ހެދުނީ ވިހި އޯވަރު ތެރޭ 200 ލަނޑެވެ. ޗެންނާއީގެ ހަ ވިކެޓް ގެއްލުނެވެ.

އައިޕީއެލްގެ ތޭރަ އަހަރުގެ ތާރީޚުގައި މި ދެ ޓީމުގެ އެކާވީސް ކުރިމަތިލުމުގެ ތެރެއިން ޗެންނާއީންވަނީ ސާދަ މެޗު ކާމިޔާބުކޮށްފައެވެ. އަނެއް ހަތް މެޗުން މޮޅުވީ ރާޖަސްތާނެވެ. ރޭގެ މި ނަތީޖާއާއި އެކު ރާޖަސްތާނު ރޯޔަސްލްއިންވަނީ އުއްމީދީ ފެށުމަކުން މުބާރާތް ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް