ads
މަޖިލިސް-
މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އޮކްޓޯބަރު ފަހެއްގައި ފަށަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އެކަން ހާމަކޮށް މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފަހެއް އޮކްޓޫބަރުވާ ހޯމަ ދުވަހުގައި އޮންނާނެ ކަމަށެވެ. 

މަޖިލިސް މިހާރު މަސް ދުވަހުގެ ޗުއްޓީއެއްގައި އޮތީ މިމަހުގެ ހަ ވަނަ ދުވަހު ދެވަނަ ދައުރުގެ ޖަލްސާތައް ނިންމުމަށް ފަހެވެ. އަދި ދައުރު ނިންމާލާއި މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މަޖިލީހުގެ ނިމުނު ދައުރުގެ 68 އިންސައްތަ މަސައްކަތް ނިންމުމަށް ފަހު ކަމަށް މަޖިލީހުން ބުނެ އެވެ.

ނިމުނު ދައުރުގެ ތެރޭގައި މަޖިލީހުން ވަނީ 21 ގާނޫނަކާއި ނުވަ ގަރާރާއި ސަރުކާރުން ހުށަހެޅި 18 މައްސަލައެއްގެ އިތުރުން ރިޔާސަތުން ހުށަހެޅި 11 މައްސަލައަކާއި 16 ކުއްލި މައްސަލަ އަދި މަޖިލީހުގެ މެމްބަރުން ހުށަހެޅުއްވި ތިން މައްސަލައަކާއި 30 ސުވާލެއް ވަޒީރުންނާއި ކޮށްފަ އެވެ. 

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހެއްގައި ބާއްވަން ނިންމާފައިވާއިރު މަޖިލީހުގެ ރައީސް މިވަގުތު ހުންނެވީ ކަރަންޓީނުގަ އެވެ. މަޖިލީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެން އެނބުރި އިއްޔެ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް