ads
މާލޭ ޖަލު-- ފޮޓޯ ޕީއެސްއެމް
މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދިޔަ ހިދުމަތްތައް އަލުން ފަށަން ނިންމައިފި
މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދިޔަ ހިދުމަތްތައް ކޮވިޑް-19 އާ ގުޅިގެން ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ހިދުމަތް ފަށަން ނިންމައިފި އެެވެ.

ކަރެކްޝަންސް އިން ބުނީ މާލޭ ޖަލުގެ ހިދުމަތްތައް އަލުން ފަށަން ނިންމާފައިވަނީ މިހާރު މާލެ ޖަލުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެންކަމަށެވެ.

އެގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ޖަލުން ހިދުމަތްތައް ދޭން ފަށާނެ ކަމަށެވެ. ކަރެކްޝަންސް އިން ބުނީ ގައިދީންނަށް ފޮނުވާ އަންނައުނު ބަލައިގަތުން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ 10:00 އިން 14:00 އާ ދެމެދުކަމަށާއި އަދި ދުވާލަަކަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ޓޯކަން ނަންބަރު ކަމަށެވެ.

މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދިޔަ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އޮގަސްޓް 29 އިން ފެށިގެން އެ ހިދުމަތްތައް ދޭގޮތްތަކަށް ބަދަލު ގެނެސް ހިދުމަތްތައް ދެމުން އައީ ގާޒީ ބިލްޑިންގައި ހުންނަ އެސާވިސްގެ ހެޑް އޮފީހުންނެވެ. 

ކޯލާއި އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކަށް އެދޭ ފަރާތްތަކުން ކަރެކްޝަންސްގެ ވެބްސައިޓަށް އީމެއިލް ކުރުމަށް އެދޭކަަމަށާއި އަދި ގައިދީންނަށް ފައިސާ ފޮނުވުން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް