ads
ފުޓޯ: ރާއްޖެ.އެމްވީ
އައިޖީއެމްއެޗް ލެބޯރެޓަރީން ހެދި ޕީސީއާރް ޓެސްޓްގެ އަދަދު އެއްލައްކައަށް
އައިޖީއެމްއެޗްގެ ލެބޯރެޓަރީ އިން މިހާތަނަށް އެއްލައްކަ ޕީސީއާރް ޓެސްޓް ރަން ކުރުވިފައިވާ ކަމަށް އެ ހޮސްޕިޓަލްއިން ބުނެފި އެވެ.

އައިޖީއެމްއެޗްއިން ލެބޯޓްރީގައި ކޮވިޑް ޕީސީއާރަށް ޓެސްޓު ކުރަން ފަށާފައިވަނީ ފެބްރުއަރީ 29 ވަނަ ދުވަހުއެވެ. އޭގެފަހުން 07 މާޗް ގައި ކޮވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުފަހުން 24 ގަޑިއިރު މެދު ނުކެނޑި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެ ހޮސްޕިޓަލްއިން ބުނެއެވެ. 

އައިޖީއެމްއެޗް އިން ބުނީ ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ ތިން މުވައްޒަފުން ހިމެނޭ ޓީމަކުންކަމަށާއި އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމާއި އެކު، ޕީސީއާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ އަދަދު މަޑު މަޑުން ދިޔައީ އިތުރު ކުރަމުން ކަމަށެވެ.

މިހާރު އައިޖީއެމްއެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އައިޖީއެމްއެޗްއިން ބުނީ ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވުނުއިރު ޓެސްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓް ކަމަށެވެ، އެހެންނަމަވެސް މިހާރު އެއަދަދު އިތުރު ކުރެވިފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. 

"ކޮވިޑްގެ މިހަނގުރާމައިގާ އެންމެ މުހިންމުކަމަކަށްވެފައި ވަނީ ބަލިޖެހިފައިވާ މީހާދެނެގަނެ އެފަރާތްތައް އެކެހެރިކުރުން ކަމަށް ވީ ހިނދު، ލެބޯޓެރީ މުވައްޒަފުންނަކީ ފްރަންޓް ލައިންގެ އެންމެ ކުރީސަފުގައި ހިދުމަތް ދޭ ފަރާތެކެވެ. އެހެންކަމުން މިދަނޑިވަޅުގައި، ރެއާއި ދުވާލު ހީވާގިކޮށް މަސައްކަތް ކުރަމުން ދާ ލެބޯޓަރީގެ އެންމެހާ މުވައްޒަފުން ގެ އަގުވަޒަންކޮށް ޝުކުރުދަންނަވަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ. 

މިހާރު އެ ހޮސްޕިޓަލްގެ ޓެސްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓެވެ. ހޮސްޕިޓަލްގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރެވިފައިވަނީ އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިން ތަކާއި ޕީސީއާރު މެޝިންތަށް އަދި އިތުރު މުވައްޒަފުން ތަކެއް ތަމްރީން ކޮށްގެންކަންވެސް ފާހަގަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް