ads
އެމްޑީޕީ އޮފީސް----ފޮޓޯ: ސީއެންއެމް
ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހަށް އެމްޑީޕީން މެމްބަރުންގެ ހިޔާލު ހޯދަނީ
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ޕާޓީގެ މެމްބަރުންގެ ހިޔާލު ހޯދުމަށް އެމްޑީޕީން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ޑްރާފްޓެއް އެކުލަވާލާފައެވެ. އަދި އެކަމާއި ގުޅޭގޮތުން ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާޙުތަކަށް ހިޔާލު ހޯދުމުގެ ފުރުސަތު އެމްޑީޕީން އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އަދި ހިޔާލު ހުށަހަޅާނީ އެ ޕާޓީގެ އީމެއިލް އެޑްރެސް އަށް ކަމަށްވެސް ބުނެފައިވެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުމާއި ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުން ހިމަނާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް