ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޗައިނާގެ ދަތުރުތައް ފަށަން މިނިސްޓަރު ޝާހިދު އެދިވަޑައިގެންފި
ޗައިނާގެ ފަތުރުވެރިން އަލުން ރާއްޖެ އަންނަން ފެށުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ އެދިވަޑައިގެންފި އެވެ.

ޝާހިދު އެގޮތަށް އެދިވަޑައިގެންނެވީ ޗައިނާގެ 71 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ވާޗުއަލް ރިސެޕްޝަނަށް ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ. 

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވައިގެ ދަތުރުތައް ފަށާ، ވިޔަފާރި އާއި މީހުންގެ ގުޅުން އިއާދަ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުގެ މަތިން ރާއްޖޭގެ އިގްތިސާދު އަލުން ދިރިވުމަށް ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ ފަތުރުވެރިން އަންނަ މިންވަރު އިތުރު ކުރުން ކަމުގައި ޝާހިދު ފާހަގަކުރެއްވި އެވެ. 

ކޮވިޑް-19 ފެތުރޭ އާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާނުންނެވެ. އެގައުމުގައި ބަލި ފެތުރެން ފެށުމުން ރާއްޖެއަށް ކުރާ ފްލައިޓުތައް މެދުކަނޑާލި އެވެ. 

ފްލައިޓުތައް ހުއްޓާލިއިރު ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓެވެ. އެހެންކަމުން ޗައިނާ ފަތުރުވެރިން ރާއްޖެ ނައުމަކީ އިގްތިސާދަށް ލިބެމުންދާ ބޮޑު ގެއްލުމެކެވެ. 

ޗައިނާގެ ގައުމީ ދުވަހަކީ އޮކްޓޯބަރު 1 އެވެ. އެކަމަކު އޭގެ ކުރިން އޮންނަ ހަފްތާއަކީ ރަސްމީ ބަންދު ހަފްތާއެއްގެ ގޮތުގައި ކަނޑައއަޅާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. 

ޗައިނާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި 1949 ވަނަ އަހަރު ކޮމިއުނިސްޓު ދައުލަތް ގާއިމްކުރި ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް