ads
ޗެލްސީ ކުޅުންތެރިން--
ޗެލްސީއަށް ބޮޑު މޮޅެއް
އިނގިރޭސި ލީގު ކަޕްގައި ޗެލްސީން، ދެވަނަ ޑިވިޝަންގެ ބާންސްލީ އަތުން ބޮޑު ތަފާތަކުން މޮޅު ވެއްޖެއެވެ. ރޭގެ މެޗު ޗެލްސީން ކާމިޔާބު ކުރީ ހަ ލަނޑު ސުން ލަނޑުންނެވެ.

ރޭގެ މެޗުގައި ޗެލްސީގެ ކައި ހާވާޓްޒްވަނީ ހެޓްރިކެއް ހަދާފައެވެ. ޗެލްސީގެ އަނެއް ލަނޑުތައް ރޭގެ މެޗުގައި ޖެހީ ޓެމީ އަބްރަހަމް އާއި އޮލިވިއޭ ޖިރޫޑާއި ރޮސް ބާކްލޭ އެވެ.

ލީގު ކަޕްގެ ދެން އޮންނަ ބުރުގައި ޗެލްސީ ނުކުންނަން ޖެހޭނީ ލޭޓަން އޯރިއެންޓާއި ޓޮޓެންހަމް މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް