ads
ކޯސްޓުގާޑު ސިފައިން ތަމްރީން ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު-- ފޮޓޯ: އެމްއެންޑީއެފް
ކަނޑުމަތީގައި ކުރާ ކުށްތައް ހުއްޓުވުމަށް ކޯސްޓުގާޑު ސިފައިން ތަމްރީންކޮށްފި
ކަނޑުމަތީގައި ކުރާ ކުށްތައް ހޯދާ ދެނެގަނެ، އެކަންކަން ހުއްޓުވާނެ ގޮތް ދަސްކޮށްދިނުމަށް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ކޯސްޓުގާޑުގެ ސިފައިންނަށް ތަމްރީނެއް ހިންގައިފި އެވެ.

މި މަހުގެ 13 އިން 24 އަށް ބޭއްވި އެ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާއިރު، މިއަދަކީ ބައިނަލްއަގްވާމީ މެރީޓައިމް ދުވަހެވެ. މިއަދު ނިމުނު "ވެސެލް ބޯޑް ސާޗް އެންޑް ސީޒް" ޕްރޮގްރާމަކީ އެމްއެންޑީއެފާ ގުޅިގެން ހިންގާ ތަމްރީން ސީރީޒެއްގެ އެއް ޕްރޮގްރާމެވެ. 

އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ ގޮތުގައި ޖަޕާނު ސަފީރު ކެއިކޯ ޔަނައީ ބައިވެރިވެ ވަޑައިގެންނެވިއިރު، ޖަޕާނުން އަންނަނީ އެމްއެންޑީއެފަށް އެކި އާލާތްތަކާއި ވެހިކަލް ހަދިޔާ ކުރުމުގެ އިތުރުން ތަމްރީންގެ ފުރުސަތުތައް ވެސް ހޯދައިދެމުންނެވެ. 

ބައިނަލްއަގްވާމީ މެރީޓައިމް ދުވަސް މިއަދު ފާހަގަކުރާއިރު، މި އަހަރުގެ ޝިއާރަކީ "ސަސްޓެއިނަބަލް ޝިޕިން ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް" އެވެ. މިއީ ޝިޕިން އިންޑަސްޓްރީ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބާރު އަޅާ ޝިއާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް