ads
އައިސޮލޭޝަން ފެސިލިޓީއަށް މީހުން ގެންދަނީ-- ފޮޓޯ: ސީއެންއެމް
54 މީހުން ޕޮޒިޓިވްވެ، 67 މީހުން ރަނގަޅުވެއްޖެ
ރާއްޖެއިން މިއަދު 54 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 30 މީހުންނަކީ ދިވެހިން ކަމަށާއި، 24 މީހުންނަކީ ބިދޭސީން ކަމަށެވެ. 

މިއަދު ޕޮޒިޓިވްވީ މީހުންނާއި އެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9939 ކަށް އަރާފައެވެ. 

މިވަގުތު ރާއްޖޭގައި އެކްޓިވްކޮށް ތިބީ 1301 ފަރާތެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 645 ފަރާތް ތިބި އިރު ހޮސްޕިޓަލްތަކުގައި 87 މީހަކަށް ފަރުވާދެވެމުން އަންނަކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެ އެވެ. 

މިއަދު ކޮވިޑް-19 އިން ރަނގަޅު ވެފައިވަނީ 67 ފަރާތެކެވެ. މިއާއި އެކު ރާއްޖެއިން ކޮވިޑް-19 ގައި ރަނގަޅުވި މީހުންގެ އަދަދު ވަނީ 8597 އަށް އަރާފައެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު ރާއްޖޭގެ 21 ރަށެއްގައި ކޮވިޑް-19 އެކްޓިވް ކޭސްތައް ތިބި ކަމަށެވެ. އަދި 26 ރިސޯޓެއްގައި 14 ފަތުރުވެރިއަކާއި 34 ސްޓާފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކޮށް ތިބި ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް