ads
ރަންވީރު---
ރަންބީރުގެ ލޭގެ ގުރޫޕަކީ ޖީ ޕޮޒިޓިވް ކަމަށް އޭނާ ބުނެފި
ބޮލީވުޑުގެ އެކްޓަރު ރަންވީރު ސިންގްގެ ލޭގެ ގުރޫޕަކީ ޖީ ޕޮޒިޓިވް ކަމަށް އޭނާ ބުނެފި އެވެ.
ބޮލީވުޑުގެ އެކްޓަރު ރަންވީރު ސިންގްގެ ލޭގެ ގުރޫޕަކީ ޖީ ޕޮޒިޓިވް ކަމަށް އޭނާ ބުނެފި އެވެ.

ރަންވީރު އެހެން ބުނެފައިވަނީ ދާދި ފަހުން އޭނާ ހިއްސާކުރި ފޮޓޯއެއްގެ ކެޕްޝަނެއްގަ އެވެ.

މިކެޕްޝަނުގައި ރަންވީރު ބުނީ އޭނާގެ ލޭގެ ގުރޫޕު މިހާރު ބަލާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ލޭގެ ގުރޫޕަކީ ޖީ ޕޮޒިޓިވް ކަމަށް ރަންވީރު ބުނެ އެވެ.

ރަންވީރު އެހެން ބުނެފައިވަނީ އޭނާ ހެދުން އަޅާގޮތާ މެދު އަމިއްލަ އަށް ޖޯކު ޖެހުމުގެ ގޮތުންނެވެ.

ރަންވީރަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. އެގޮތުން މިފަހަރުވެސް އޭނާ ހެދުން އަޅާފައި ހުރީ ވަރަށް ތަފާތުކޮށެވެ.

View this post on Instagram

Checked my blood group. It was G+ 💉

A post shared by Ranveer Singh (@ranveersingh) on


އެންމެ ފަހުން މި އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް