ads
ފޮޓޯ: ޕީއެސްއެމްނިއުސް
މާސް އިންސްޕެކްޝަން: 259 ތަނުގެ ތެރެއިން 5 ތަނެއް ބަންދުކޮށްފި
މިހާރު ކުރިއަށް ގެންދަމުން އަންނަ އިންސްޕެކްޝަންގެ ދަށުން ފަސް ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަންގެ ދަށުން މިއަދާ ހަމައަށް އައިރު 259 ތަނެއް ބަލާފައިވާ ކަމަށެވެ. 

އޭގެތެރެއިން 254 ތަނެއް ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށާއި، އެއީ 206 ފިހާރަ އާއި 29 ކެފޭ، ހަ ސެލޫން އަދި ތިން މާރުކޭޓް ކަމަށެވެ. 

އަދި މިވަގުތު ބަންދުކުރެވިފައި ހުރީ ތިން ކެފޭ ކަމަށާއި، ކަންކަން ރަނގަޅުކުރުމުން ފިހާރައަކާއި ކެފޭއެއް ހުޅުވާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ މި އިސްޕެކްޝަންތައް މާލެ ސަރަހައްދުގައި ކުރިއަށް އޮތް ދެ ހަފްތާއަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މިފަހަރު އާއްމު ހިދުމަތްދޭ ތަންތަނުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓާއި ބައެއް އޮފީސްތައް ބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް