ads
ޝްރައްދާ، ރަކުލް، ސާރާ އަދި ދީޕިކާ--
ޑްރަގުގެ މައްސަލައިގައި ހިމެނޭ ތަރިން އެނބުރި މުމްބާއީއަަށް
ސުޝާންތުގެ މަރުގެ މައްސަލައާއެކު ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލަ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގައި ބޮލީވުޑުގެ މަޝްހޫރު ތަރިން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ރާކުލް ޕްރީތު ސިންގް އަދި ސާރާ އަލީ ހާން އާއި ޝްރައްދާ ކަޕޫރުގެ ނަން އާންމުވެފައިވާއިރު އެތަރިންނާއި ސުވާލުކުރުމުގެ މަރުހަލާކުރިއަށް ގެންދަން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވަނީ ތަރިންނަށް ނޯޓިސް ވެސް ފޮނުވާފަ އެވެ. 

އެގޮތުން ދީޕިކާ އާއި ސާރާ އަދި ރަކުލް މުމްބާއީ އިން ބޭރުގައި ހުއްޓާ އެ މައްސަލަ ފެންމަތިވެގެން އުޅޭއިރު އެ ތަރިން މިވަނީ ރޭގެ ވަގުތެއްގައި އެނބުރި މުމްބާއީއަށް ގޮސްފަ އެވެ. އެއާޕޯޓް ސަރަހައްދުން ޕަޕަރާޒީން ނަނާފައިވާ އެމީހުންގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 

އެގޮތުން ސާރާ ފެނިގެންދަނީ އޭނާގެ މަންމަ އަމްރިތާ ސިންގް އާއި ކޮއްކޮ އިބްރާހީމް އާއެކު އެވެ. އަދި ދީޕިކާ ފެނިގެންދަނީ އޭނާގެ ފިރިމީހާ ރަންވީރު ސިންގްއާއެކު އެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި މިމަހުގެ 25 ގައި ރަކުލް، ނާކޮޓިކް ބިއުރޯއަށް ހާޒިރުކުރަން ވަނީ ހަމަޖެހިފަ އެވެ. އެކަމަކު އެހެން ތަރިން ހާޒިރުކުރާނެ ސީދާ ތާރިހު ސާފެއް ނުވެ އެވެ. 

ޑްރަގުގެ މައްސަލައިގައި ތަރިން ހިމެނޭ ކަމުގެ ލިސްޓެއް ދިނީ އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އެވެ. އޭނާ ބުނާ ގޮތުގައި ސާރާ އާއި ރަކުލް ވެސް ވަނީ އޭނާއާއެކު އެ ބޭނުންކޮށްފަ އެވެ. އަދި ދީޕިކާގެ ނަން ހިމެނިގެން އުޅެނީ އާންމުވި ވަޓްސްއެޕް ޗެޓެއްގެ ތެރެއިންނެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް