ads
އެޖެންޑާ-19 އެމްޑީޕީ ކެމްޕެއިން ގެ ތެރެއިން
އެމްޑީޕީއާ ޕީޕީއެމްއާ ދެމެދު 15،000 މެމްބަރުންގެ ތަފާތު!
ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބާޝިޕް ޕޯމްތައް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދުދު އާއްމުކޮށްފައެވެ. 

އޭގައި ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީ އެވެ. ވެރިކަން ކުރާ ކޯލިޝަންގެ އިސް ޕާޓީ އެމްޑީޕީ ގެ މެންބަރުންގެ ގޮތުގައި ޖުމުލަ 52،952 މެންބަރުން ތިބިކަމަށް ދައްކައެވެ. 

ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީއެއްގެ ގޮތުގައިއޮތީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. އެއީ ޖުމުލަ 37،144 މެންބަރުންނާއިއެކުއެވެ.  އަދި ތިންވަނައަށް އޮތީ 13.825 މެންބަރުންނާއިއެކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ. 

މޯލްޑިވްސް ޑިވިލޮޕްމަންޓް އެލައަންސް (އެމްޑީއޭ) ގައި 8،178 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގައި ތިބީ 6،640 މެންބަރުންނެވެ. އަދި ޕީޕަލް ނެޝަނެލް ކޮންގްރެސް ޕާޓީގައި 4.004 މެންބަރުން ތިބިއިރު މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް ފާޓީ (އެމްޓީޑީ) ގައި ތިބީ 3،171 މެންބަރުންނެވެ. 

އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރްއެމް) ގައި ޖުމުލަ 3،023 މެންބަރުން ތިބިއިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި ތިބީ 2،902 މެންބަރުންނެވެ. އޭގެ އިތުރުން އެންމެ މަދުން މެންބަރުން ހިމެނޭ ޕާޓީއެއްގެ ގޮތުގައި އޮތީ 2،881 މެންބަރުންނާއިއެކު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމަކްރަޓިކް ފާޓީ އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް