ads
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަ މިލިއަނާ ގާތަށް
އަވަށްޓެރި އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަ މިލިއަނާ ގާތަަަަށް ޖެހިލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ފާއިތިވި 24 ގަަަަޑިއިރުގެ ތެރޭގައި 86،052 މީހަކު އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލި ޖެހުނު ޖުމްލަ އަދަދު ވަނީ 5.9 މިލިއަނާ ގާތުގަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 9,70,116 ގައި އުޅޭއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު އަޅެނީ 4.75 ގަ އެވެ. 

އިންޑިއަަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމުން މިހާރު ވެސް 68.92 މިލިއަނަށް ވުރެ ގިނަ ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާއިރު ބަލި ފެތުރޭ ސަރަހައްދުގައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

އަދިވެސް އެގައުމުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ މަހަރަސްތުރާ އާއި އަންދްރަ ޕްރެދޭޝް އާއި އޮޑިޝާ އަދި އުއްތަރު ޕްރަދޭޝް އާއި ކަރްނަޓާކާގެ އިތުރުން ތަމިލް ނާޑޫ އާއި ދިއްލީގެ ބައެއްް ސަރަހައްދުތަކުގަ އެވެ.

މިހާރުވެސް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވާ ގައުމުގެ ގޮތުގައި އިންޑިއާ އޮތްއިރު ބަލި ޖެހިފައިވާ މީހުންގެ އަދަދު ހަ މިލިއަނަށް އަރައިފިނަމަ އެގައުމަކީ ދުނިޔެއިން ހަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ދެވަނަ ގައުމަަށް ވެސް ވާނެ އެވެ. މިހާރު 6.9 މިލިއަނަށް ވުރެ ގިނަ މީހުންނަަށް ކޮވިޑް ޖެހި، ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފެނިގެންދިޔަ މި ބަލި މިހާރު ވަނީ 188 ގައުމަކުން ފެނިފަ އެވެ. އެގޮތުން 32.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ދުނިޔެއިން ބަލި ޖެހިފައިވާއިރު އެ ބަލީގައި 983,065 މީހަކު މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް