ads
އޮޕަރޭޝަންގެ ތެރެއިން -- ފުޓޯ: އައިޖީއެމްއެޗް
އައްޑޫގައި ފުރަތަމަ ފަހަރަށް އަނގަމައްޗާއި، ދަތްދޮޅީގެ ސާޖަރީއެއް ހަދައިފި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މޭކްސިލޯ ފޭޝަލް (އަނގަމައްޗާއި، ދަތްދޮޅީގެ) ސާޖަރީއެއް ކޮށްފިއެވެ.

މޭކްސިލޯ ފޭޝިއަލް ސާޖަރީއަކީ އަނގަޔާއި، ދަތްދޮޅީގެ އަދި މޫނާއި ކަދުރާއަށް ހާއްސަކޮށް ހެދޭ ސާޖަރީއެކެވެ. މި ސާޖަރީ ހެދުމަށް ޑެންޓިސްޓުން ނުވަތަ އަރްތޯޑިސްޓުން ބަލިމީހާއަށް އާންމު ގޮތެއްގައި އަންގަނީ އުފެދުމުގައި ދިމާވާ އައިބު ތަކާ ގުޅިގެންނާއި، އަނިޔާ ވެގެން ދިމާވާ އައިބުތަކާއި، ޓްރޯމާ ފަރުވާތަކަށް ޑެންޓަލް ޕްރޮސީޖާ އަކުން ހައްލުކުރަން އުދަގޫވާފަދަ ހާލަތަކަށް މީހާގެ ކޮންޑިޝަން ގޮސްފައިވާނަމައެވެ. 

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެ އޮޕަރޭޝަން ކޮށްފައިވަނީ 33 އަހަރުގެ އަންހެނަކަށް ލިބިފައިވާ އަނިޔާ ތަކުގެ ސަބަބުން ފޭޝިއަލް ކޮމްޕްލެކްސް ޓްރޯމާ ކޭސްއަކާއި ގުޅިގެންނެވެ. އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ދަތްދޮޅީގެ ކަށިގަނޑު ނައްޓައިގެން ގޮސްފައިވުމާއި ދަތްތަަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

your imageއޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ އެހީގައި---

އެ އޮޕަރޭޝަން ކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ މެކްސިލޯ ފޭޝަލް ސާޖަން، ޑރ. ފަތުހުﷲ ސައީދެވެ. އެ އޮޕަރޭޝަނުގައި އޭނާ އަށް އެހީތެރިވެދީފައިވަނީ، އައިޖީއެމް ހޮސްޕިޓަލުގެ ސާޖަން ޑރ. އިމާދު މުސްތަފާއާއި، ޑެންޓިސްޓް ޑރ. ސަހާގެ އިތުރުން އައިޖީއެމް ހޮސްޕިޓަލްގެ ތިއޭޓަރު ނަރުހުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗްގެ އެހީގައި ކުރި އެއޮޕަރޭޝަނަކީ ފަސްގަޑި އިރުގެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަށް ފަހު އަންހެންމީހާގެ ހާލު ރަނގަޅު ކަމަށްވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް